ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2023/35
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 14 މޭ 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީހުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވިފައިވާ އިއުލާނާއި ގުޅިގެން ފޯމު ހުށައަޅާފައިވާ ފަރާތްތައް.

                                                             (IUL)307/INDIV/2023/35 :ނަންބަރު 

މިރަށުން، މީހުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 31 ގޯތި ދޫކުރުމަށްޓަކައި 2022 ޖުލައި 25 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނާއި ގުޅިގެން "ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމު" ހުށައަޅާފައިވާ ފަރާތްތަކުގެ ލިސްޓް، މި އިއުލާނާއެކު އާންމު ކުރީމެވެ. މި ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، 2023 މެއި 14 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ލިޔުމުން ނުވަތަ ގުޅައިގެން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

ދަންނަވަމެވެ، ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ހުށައަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މި ކައުންސިލުގައި މިހާރުދަނީ ކުރެވެމުންނެވެ. އަދި މި މަސައްކަތް ނިމުނުހާ އަވަހަކަށް ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          

08 މޭ 2023