މަސައްކަތް
ނަންބަރު: (IUL)374-C/374/2023/16
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 18 މޭ 2023 10:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ބޭނުންވާ ސާމާނު ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ފ. ނިލަންދޫ ކައުންސިލުން ކުރަން ރާވާފައިވާ މަސައްކަތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މިމަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރާއި، ވެބްސައިޓާއި ގެޒެޓުން ލިބެންހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރަން ބޭނުންވާ ފަރާތްތަކަށް 2023 މެއި 08 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މައުލޫމާތު ނެންގެވޭނެއެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 މެއި  18  ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. ބިޑުހުށަހަޅާ ފޯމުގެ ނަމޫނާ ގެޒެޓުންނާއި މިއިދާރާގެ ކައުންޓަރުން އަދި އިދާރާގެ ވެބްސައިޓުން : www.fncl.gov.mv  ލިބެން ހުންނާނެއެވެ. ބިޑު ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ކައުންސިލަށް ބޭނުންވާ ބައެއްތަކެތި ސަޕްލައިކޮށް ދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ބިޑު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

08 މޭ 2023