ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2023/40
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 15 މޭ 2023 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ބިން ކުއްޔަށް ދޫކުރުން

ވިޔަފާރި ބިންތައް ދޫކުރުމާއި ބެހޭ.

 

           މިކައުންސިލް އިދާރާގެ ނަންބަރ (IUL)414/414/2023/26 އިއުލާނާއި ގުޅިގެން ބިމުގެން ނަންބަރ 1 ން 4 ށް  ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.

    ވިޔަފާރި ބިން ދޫކުރުމަށް ނިންމާފައިވަނީ 10 އަހަރުގެ މުއްދަތަކަށެވެ. އެހެންކަމުން ވިޔަފާރި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

 

ބިމުގެ ކެޓަގަރީ

ތަފްސީލް

ބިމުގެ އަދަދު

ބިމުގެ ބޮޑުމިން

(1)    ސައިހޮޓާ ނުވަތަ ރީޓެއިލް ވިޔަފާރި

04

1500 އަކަފޫޓު

 

 

މާކުސް ދެވޭ މިންގަނޑު:

#

ތަފްސީލް

މާކުސް

1

އެންމެމަތީ އަގުހުށަހަޅާ ފަރާތްތަކަށް.

މިގޮތުން އަގު ހުށަހަޅަންވާނީ ކޮންމެ ބިމެއް ވަކިވަކިންނެވެ.

40

2

ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ބިމަކަށް އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ.

20

3

އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް.

10

4

-          ސައިހޮޓާ ރެސްޓޯރެންޓް އަދި ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ބިންތަކުން އެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖުރިބާގެ މުއްދަތަށް. (10 މާކުސް) މިގޮތުން އެމަސައްކަތް ކުރާކަމުގެ ލިޔުން ބިޑާއިއެކު އެފަރާތްތަކުން ޙުށަހަޅަންވާނެއެވެ.

 

10

5

ޕްރޮޖަކްޓަށް ޚަރަދު ކުރުމަށް ރާވާފައިވާ ފައިސާގެ މިންވަރަށާއި އެފައިސާ ޚަރަދު ކުރުމަށް ރާވާފައިވާ މުއްދަތު. މިގޮތުން މިކަން ޔަގީންކުރުމަށްޓަކައި އެކުންފުނީގެ ނުވަތަ އެފަރާތެއްގެ 1 އަހަރު ދުވަހު ބެންކް ސްޓޭޓްމަންޓް، ނުވަތަ އެފަދަ ލިޔުންތައް ހުށަހެޅުން

10

6

ޕްރޮޖަކްޓު ނިންމާ އެބިންތަކުން ރައްޔިތުންނަށް ޚިދުމަތް ދޭން ހުށަހަޅާ އަވަސް މުއްދަތަށް

10

 

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މެއި 2023 ވާ ހޯމަ ދުވަހު 13:00 ށް އަގު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅަންވާނީ ކޮންމެ ބިމަކަށް ވަކިންނެވެ.

އަގާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

-          މާކުސް ދެވޭނެ ގޮތުގެ ތަފްސީލުގައިވާ ހުރިހާ ލިޔުންތައް

-          ކުންފުންޏެއްގެ ނަމުގައި އަގު ހުށަހަޅާނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރީ ސެޓްފިކެޓް، ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ.

-          އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ނޯޓް: ފިޔަފާރި ބިންތައް ކުޔަށް ދޫކުރާ ސަރަހައްދުތައް ހިމެނޭ ރަށުގެ ޗާޓެއް މިއިއުލާނާއިއެކު ހިމެނިފައިވާނެއެވެ.

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ،6820020 އަށް ގުޅުއްވުން އެދެމެވެ.

08 މޭ 2023