ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/7/2023/31
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:09
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މާލެ - ތިލަފުށި ލިންކް މަޝްރޫއާއި ގުޅޭ

މާލެ - ތިލަފުށި ލިންކްގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ދެމެދުގައި އޮންނަ ކަނޑުއޮޅި 15 އޮގަސްޓު 2022 އިން ފެށިގެން ބަންދުކޮށްފައިވާކަން ޢާއްމުކޮށް ވާނީ އަންގާ އިޢުލާން ކޮށްފައެވެ. ނަމަވެސް މިހާރަކަށް އައިސް ގިނަ އުޅަނދުތަކުން މި ކަނޑުއޮޅި ބޭނުންކުރަމުންދާކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ދަނީ ލިބެމުންނެވެ. ވިލިމާލެ ބުރިޖު އެޅުމުގެ މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ މާލެއާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދުކޮށްފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ވާހަކަވެސް އަންގާ އިޢުލާންކުރީމެވެ.

އަދި ދަންނަވަމެވެ.ގަވާއިދު ނަންބަރު 2023/R-50 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު 20 ވަނަ މާއްދާގެ (ށ)ގެ (23) ގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެފިނަމަ އެފަރާތެއްގެ ލައިސަންސް 1(އެކެއް) މަސްދުވަހަށް ހިފެހެއްޓޭނެ ކަންވެސް އާޢްމުކޮށް އިޢުލާން ކުރީމެވެ.

08 މޭ 2023