ދިވެހިރާއްޖެ
އިޢުލާން
ފ.ފީއަލީ ވަށައި ހޭޅީފަށުގައި ހުރި ރުއްގަސްތަކުގެ ލިސްޓާއި މެދު ޝަކުވާއަށް ހުށަހެޅުމުގެ ފުރުސަތު |
ފ.ފީއަލީ ވަށައި ހޭޅިފަށުގައިހުރި ރުއްގަސްތަކުގެ ވެރިން ހޯދުމަށް ކުރެވިފައިވާ މިކައުންސިލްގެ ނަންބަރު (IUL)370-ESMS SC/370/2023/12 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. ދެންނެވުނު އިޢުލާނާއެކު ޢާއްމުކުރެވިފައިވާ ފ.ފީއަލީ ވަށައި ހޭޅީފަށުގަހުރި ރުއްގަސްތަކުގެ ލިސްޓާއި މެދު ޝަކުވާއެއް ވާނަމަ 08 މެއި 2023 ވަނަ ދުވަހުންފެށިގެން 18 މެއި 2023 ވަނަދުވަހުގެ 14:00 ގެ ކުރިން ވެރިފަރާތުގެ ނަމާއި އެޑްރެސް، އައިޑީކާޑު ނަންބަރު އަދި ހެކިންގެ ނަމާއި އެޑްރެސް އަދި ރަޖިސްޓްރީ ނަންބަރު އެނގޭނެގޮތަށް ލިޔެ ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދި ދަންނަވަމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
08 މެއި 2023
18 ޝައްވާލު 1444
ޙާދިމްކުމް
މޫސާ އަޙްމަދު
ފީއަލީ ކައުންސިލްގެ ރައީސް