ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) GS-154/2023/01
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 25 މޭ 2023 13:00
ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
2024-2023 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

 

2024-2023 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

           2024-2023 ވަނަ އަހަރު މި ސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

                ޕްރީސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

ގްރޭޑް 1

ފައުންޑޭޝަން ސްޓޭޖް (އެލްކޭޖީ އާއި ޔޫކޭޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.

 

ވީމާ، 2023 މެއި 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "2023-2024 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު، ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު، ރަސްމީ ގަޑީގައި މި ސްކޫލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

ނޯޓު: 08 މެއި 2023 ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރު 14:00 އާ ދެމެދު ސްކޫލްގެ އިދާރާއިން ފޯމް ލިބެން ހުންނާނެއެވެ.

                           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

               18 ޝައްވާލް 1444

               08 މެއި 2023

 

08 މޭ 2023