މުބާރާތް
ނަންބަރު: (IUL)417-SED/417/2023/44
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 25 މޭ 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯނޑެއްދޫ ކައުންސިލް 1 ވަނަ ޤުރްއާން މުބާރާތް 2023 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުން؛

ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ މާތް މަގުޞަދުގައި ހޯނޑެއްދޫ ކައުންސިލްގެ 1 ވަނަ ޤުރުއާން މުބާރާތް 2023 މިއަހަރު ޖޫން 24 އިން 26 އަށް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ހޯނޑެއްދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު  ހުޅުވާލެވިފައިވެއެވެ.

މި މުބާރާތް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕެވެ. މި މުބާރާތުގެ އުމުރުފުރާތައް ތިރީގައި އެވަނީއެވެ.

މުބާރާތުގައި ބައިވެރިވާ އުމުރުފުރާތައް

#

ޢުމުރުފުރާތައް

01

ބޭބީ ނާސަރީ،

02

ނާސަރީ

03

އެލް.ކޭ.ޖީ،

04

ޔޫ.ކޭ.ޖީ،

05

7 އަހަރުފުރި 9 އަހަރު ނުފުރޭ އުމުރުފުރާ،

06

9 އަހަރުފުރި 12 އަހަރު ނުފުރޭ ޢުމުރުފުރާ،

07

12 އަހަރުފުރި 15 އަހަރު ނުފުރޭ ޢުމުރުފުރާ،

08

15 އަހަރުފުރި 18 އަހަރު ނުފުރޭ ޢުމުރުފުރާ،

09

18 އަހަރުން މަތީ ޢުމުރުފުރާ

ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ގދ.ހޯނޑެއްދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު 25 މެއި 2023 ވާ ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މުބާރާތުގެ ޤަވާއިދު މި ޢިއުލާނާއެކު ޢާންމުކުރީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 މޭ 2023