ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)295-MS/295/2015/05
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 02 ފެބުރުވަރީ 2015 15:00
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޅުފަހި އިނާމު 2014 އަށް ނަން ހުށަހެޅުމަށް

             ނ. ހޮޅުދުއަށް ލިބޭ ރީތިނަމާއި އެންމެ ބޮޑަށް ގުޅިފައިވާ ބަޔަކީ ހޮޅުދޫގެ ރައްޔިތުންނެވެ. އެހެންކަމުން، ހޮޅުދުއަށް ރީތިނަމެއް ލިބޭ ފަދަ ކާމިޔާބީއެއް ހޯދާ ވަކިވަކި ފަރުދުންނާއި، މުއައްސަސާތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި ވިޔަފާރިވެރި އިދާރާތަކުން ކުރާ މަސައްކަތްތަކާއި އެފަރާތްތަކަށް ލިބޭ ރީތިނަން ބަލައިގަތުމަކީ މިކަންކަމަށް ހިތްވަރު ދިނުމަށް އެޅޭ ފިޔަވަޅެކެވެ. އަދި ހަމައެހެންމެ، އެފަރާތްތަކުން ކުރާ މަސައްކަތްތަކާއި ހޯދާ ކާމިޔާބީތަކާއި ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އިނާމެއް ދިނުމަކީވެސް ދެވޭ ވަރަށްބޮޑު ހިތްވަރެކެވެ.

             އެގޮތުން '' ހޮޅުފަހި އިނާމު 2014 '' ގެ ނަމުގައި މިއިދާރާއިން ދިނުމަށް ހަމަޖެހިފައިވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 19 ޖަނަވަރީ 2015 ން 2 ފެބުރުވަރީ 2015 ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މިއިނާމަށް އެދި ނަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރައްވަންޖެހޭ ފޯމު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހުގެ 15:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަކުރައްވައި ފޮނުއްވާނީ '' އިނާމާބެހޭ ކޮމެޓީ '' އަށް އެޑްރެސް ކުރައްވައި ނ. ހޮޅުދޫ ކައުންސިލުގެ އިދާރާއަށެވެ.

             '' ހޮޅުފަހި އިނާމު 2014 '' އަށް ނަން ހުށަހެޅުމުގެ އުސޫލު މިއިޢުލާނާއެކު އެވަނީއެވެ.

14 ޖަނަވަރީ 2015