ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2023/143
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 25 މޭ 2023 21:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން 2023 މެއި 23 އިން 25 އަށް ކ.ގިރިފުށީގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނު ތަކާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 މެއި 23 އިން 25 އަށް މިއިން ކޮންމެ ދުވަހެއްގެ 18:30 އިން 21:30 އަށް ކ. ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބަޑިއާއި މިނީފްލެއާރސް ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށާއި، ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނަށް 4100 މީޓަރ ދުރުމިނަށް ކަމުގައި ދަންނަވަމެވެ. އަދި، މިތަކެތި  ދަތުރުކުރާނެ އެންމެ އުސްމިނަކީ 100 މީޓަރެވެ.

 ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

08 މޭ 2023