ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2023/24
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2023
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 11 މޭ 2023 14:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތް ކުއްޔަށް ދިނުމާގުޅޭ

އިޢުލާން

 

މިކައުންސިލްގެ އިމާރާތެއް ކަމުގައިވާ ކާޑުގެ (ބައުއިންޖީނުގެ) ކޮޓަރިއަކާއި ސިޓިންގރޫމް (ކައްކާކެވޭގޮތަށް ހުރި) ހިމެނޭ 1 ކޮޓަރީގެ އެޕާޓްމަންޓް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ މިތަން ކުއްޔަށްހިފަން ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2023 މެއި 11 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި).

14 މެއި 2023

އާދީއްތަ

11:00

އަގު ހުށަހެޅުން. (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި)

18 މެއި 2023

ބުރާސްފަތި

11:00

 

ޕޮއިންޓް ދިނުމަށް ހަމަޖަހިފައިވާ ގޮތް

  1. އަގަށް: ސަތޭކަ އިންސައްތަ (ހުށަހަޅާ އެންމެ މަތީ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).

 

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

07 މޭ 2023