ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|
މަޤާމު: |
ޓެކްނީޝަން |
ވަޒީފާގެ ދާއިރާ: |
ޕަވަރޖަނަރޭޝަން ޑިޕާޓްމަންޓް |
ބޭނުންވާ އަދަދު: |
01 |
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/6,300 ރ. އާއި -/13,300 ރ. އާ ދެމެދު. |
ފެންވަރު ނުވަތަ ޝަރުޠު: |
މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، ދާއިރާއާގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. ނުވަތަ ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައި ވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން. |
ދާއިރާގެ މައިގަނޑު މަސައްކަތް: |
އިންޖީނުތަކާއި އެކިއެކި މެޝިނަރީ އޮޕަރޭޓްކުރުމާއި، އެފަދަތަކެތި ސާރވިސްކޮށް ބެލެހެއްޓުން، އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓްތަކުގެ މަރާމާތުގެ މަސައްކަތްކުރުން އަދި ޝިފްޓް ޑިއުޓީކުރުން |
މަޤާމު: |
އެސިސްޓެންޓް ޓެކްނީޝަން |
ވަޒީފާގެ ދާއިރާ: |
ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން |
ބޭނުންވާ އަދަދު: |
04 |
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/5,740ރ. އާއި -/12,000ރ. އާ ދެމެދު. |
ފެންވަރު ނުވަތަ ޝަރުޠު: |
މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، ދާއިރާއާގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. ނުވަތަ ޖީ.ސީ.އީ އޯލެވެލް އިންތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން. |
ދާއިރާގެ މައިގަނޑު މަސައްކަތް: |
ކަރަންޓުގެ ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމާއި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން އަދި ޝިފްޓް ޑިއުޓީ ކުރުން. |
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު: |
27 ޖަނަވަރީ 2015 ދުވަހުގެ 15:00 ގެ ކުރިން |
މިވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ވަޒީފާއަށް ހޮވޭ ފަރާތުގެ ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ. މިމަޤާމުތަކަަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 27 ޖަނަވަރީ 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓްwww.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. 25 ރަބީޢުލްއައްވަލް 1436 |