ދެންނެވުން
ނަންބަރު: 2023/5
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2023
ޕަބްލިޝްކުރި ގަޑި: 15:19
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ދައުލަތުގެ ޕޭ ފްރޭމްވަރކް" ގެ ތެރެއިން 1 މޭ 2023 ގައި ތަންފީޒުކޮށްފައިވާ ޖޮބް މެޓްރިކްސްތަކަށް މުވައްޒަފުން ހިޖުރަކުރުމާ ގުޅޭ

ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވަރކް" ގެ ދަށުން އެކުލަވާލާފައިވާ ޖޮބް މެޓްރިކްސްތަކުގެ ތެރެއިން 01 މޭ 2023 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސް މުވައްޒަފުން، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގެ އާންމު މިންގަނޑު" ގައިވާ ގޮތުގެ މަތިން ޖޮބް މެޓްރިކްސްތަކަށް ބަދަލުވާނެ ގޮތުގެ މައުލޫމާތު މި ސަރކިއުލަރއާ އެކު ހިމެނީމެވެ.

07 މޭ 2023