މަސައްކަތް
ނަންބަރު: E17/KHC/IUL/2023/08
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި:
15 މޭ 2023 10:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސިއްހީމަރުކަޒުން ދެއްވާ މައުލޫމާތާއި އެއްގޮތަށް މިމަރުކަޒުގެ ފެނާއި ނަރުދަމާ ގުޅުމާއި ކަބަޑުޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއްދޯދުމާގުޅޭ
ކިނޮޅަހު ސިއްހީމަރުކަޒު
ރ.ކިނޮޅަސް/ ދިވެހިރާއްޖެ
E17/KHC/IUL/2023/08:ނަންބަރު
އިއުލާން
މިސިއްހީމަރުކަޒުން ދެއްވާ މައުލޫމާތާއި އެއްގޮތަށް މިމަރުކަޒުގެ ފެނާއި ނަރުދަމާ ގުޅުމާއި ކަބަޑުޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއްދޯދުމާގުޅޭ
- މަޢުލޫމާތު ދިނުމުގެ ސެޝަން: 15 މެއި 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ރ.ކިނޮޅަހު ސިއްހީމަރުކަޒުގެ އޮފީހުގައެވެ.
- އަންދާސީހިސާބު ހުށަހެޅުން: 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.00ގައި ރ.ކިނޮޅަހު ސިއްހީމަރުކަޒުގެ އޮފީހުގައެވެ.
- މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައަޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއްފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް،ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލްކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއާއިއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއިއެކު ހުށައަޅަންވާނެއެވެ.
- މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތަށް އެދި ހުށައަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރަ ބޭރުގައި ކިނޮޅަހު ސިއްހީމަރުކަޒުގެ ފެނާއި ނަރުދަމާ ގުޅުމާއި ކަނބަޑުޖެހުމުގެ މަސައްކަތްކަތްކުރުން ލިޔެވިފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށައަޅާފަރާތުގެ ނަމާއި، އެޑްރެސް ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
- އަންދާސީ ހިސާބާއެކު ހުށައަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލްކުރެވޭނެއެވެ.
07 މެއި 2023
07 މޭ 2023