ދިވެހިރާއްޖެ
އިޢުލާން
ނ.މަނަދޫގައި އިމާރާތްކުރާ 40 ހައުސިންގ ޔުނިޓް ޢިމާރާތްކުރާ ސަރަހައްދުގައި ހުރި ރުށްގަސް ނަގާ ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރުން،
ނ.މަނަދޫގައި އިމާރާތްކުރާ 40 ހައުސިންގ ޔުނިޓް ޢިމާރާތްކުރާ ސަރަހައްދުގައި ހުރި ރުށްގަސް ނަގާ ބިންސާފު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރައްވާ މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ރަޖިސްޓްރީ ކުރުން |
07 މެއި 2023 އިން 11 މެއި 2023 |
|
08:00 އިން 14:00 އަށް |
އީމެއިލް : [email protected] ފޯން: 6560029 |
މަޢުލޫމާތު ސާފުކުރުން |
15 މެއި 2023 |
ހޯމަ |
13:15 |
ނ.މަނަދޫ ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުން |
25 މެއި 2023 |
ބުރާސްފަތި |
13:15 |
ނ.މަނަދޫ ކައުންސިލް އިދާރާ |
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ) ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތްތައް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް ، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންބަޔާންކޮށް ސިޓީއެއް އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާއިރު ގެންނަވަން ވާނެއެވެ. ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 މެއި 2023