މުބާރާތް
ނަންބަރު: (IUL)160-AS/1/2023/18
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 06 ޖޫން 2023 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
"43 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

      ސަޢުދީ ޢަރަބިއްޔާގެ މައްކާގައި 2023 އޮގަސްޓް 25 އިން 2023 ސެޕްޓްމްބަރ 6 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "43 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން" ޤުރްއާން މުބާރާތުގައި 2 ބައިވެރިޔަކު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ.

މުބާރާތުގައިބައިވެރިވެވޭނެގޮފިތައް 

1-      ޤުރްއާން އެއްކޮށް ޙިފްޒުކޮށްފައިވުމާއެކު، ރިވާޔަތާއި ދިރާޔަތާއެކު ޝާޠިބިއްޔާ އާއި ތައިސީރުގެ މަގުން ތަވާތުރުވެގެންވާ 7 ޤިރާއަތަށް ކީރިތިޤުރްއާން ތަޖުވީދުގެ މަގުން ކިޔަވަން އެނގުން.

2-      މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ޤުރްއާނުގެ މުފްރަދާތުތަކުގެ ތަފްސީރު އެނގުން.

3-      މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ކީރިތިޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުން.

4-      ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސްކޮށްފައިވުމާއެކު ތަޖުވީދުމަގުން ކިޔެވުމުގެ ގޮފި.

މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު

1-      މިމުބާރާތުގައި މީގެ ކުރީގެ އަހަރެއްގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން.

2-      ފިރިހެނަކު ކަމުގައިވުން.

3-      ހިޖްރީގޮތުން 25 އަހަރު ފުރިފައިނުވުން. (ނަމަވެސް ހިޖްރީ ގޮތުން 30 އަހަރު ފުރިފައި ނުވާނަމަ މުބާރާތުގެ ފުރަތަމަ ގޮފީގައި ބައިވެރިވެވޭނެއެވެ.)

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަވުމަށް ބޭނުންވާ ލިޔުންތައް 2023 ޖޫން 6  ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވަނީނަމަ [email protected]  އެޑްރެހަށެވެ. މި މުބާރާތުގައި ބައިވެރިކުރާނެ 2 ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

07 މޭ 2023