މަސައްކަތް
ނަންބަރު: (IUL)416-ESMSPR/416/2023/49
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 18 މޭ 2023 10:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ގދ. މަޑަވެލި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް 11 މަގުބައްތި ހަދަހައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 މެއި 2023 ވަނަ ދުވަހު ހެނދުނު 09:00 ން 11:00 އާއިދެމެދު، މަޑަވެލި ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ވުމުން މި އިޢުލާނުގައި ބަޔާންކޮށްފައިވާ 11 މަގުބައްތި ހަދައިދިނުމުގެ މަސައްކަތު މަޢުލޫމާތު ކަރުދާހާއި، ކުރެހުމާއި އަދި އަގު ހުށަހަޅާ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީ ބިޑް ސެޝަން 15 މެއި 2023 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި މަޑަވެލި ކައުންސިލް އިދާރާގެ މީޓިން ހޯލުގައި އޮންނާނެއެވެ. އަދި، އަންދާސީ ހިސާބު ބަލައިގަތުން 18 މެއި 2023 ވަނަ ދުވަހުގެ 10:00 ގައި މަޑަވެލި ކައުންސިލް އިދާރާގެ މީޓިންގ ހޯލުގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، ރެޖިސްޓަރ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބާއި އަދި މިއިދާރާގެ އަގު ހުށަހަޅާ ފޯމުން ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 މޭ 2023