މަސައްކަތް
ނަންބަރު: GS-150/U-4/2023/IUL/06
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި:
11 މޭ 2023 14:00
އުކުޅަހު ސުކޫލް، އއ. އުކުޅަސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އުކުޅަހު ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
އިޢުލާން
ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:
މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް، 14 މެއި 2023 އިން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ބޭނުންވާ އަދަދު: 03 މީހުން
- މަސައްކަތުގެ އަގު: މަހަކު -/6000 (ހަހާސް) ރުފިޔާ، މީހަކަށް
- ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް، މަހުން މަހުން އަގުދީގެން ހޯދާ ޚިދުމަތަކަށް ވުމާއެކު، މި މަސައްކަތާ ހަވާލުވާ ފަރާތަށް ސްކޫލުން ދޭނީ، މަސައްކަތުގެ އަގަށް ކަނޑައެޅިފައިވާ މަހަކު -/6000ރ. (ހަހާސް) ރުފިޔާ އެކަންޏެވެ. މި މަސައްކަތުގައި ތިބޭ މީހުންނަކީ، ސްކޫލްގެ މުވައްޒަފެއްގެ ގޮތުން މަސައްކަތްކުރާ ފަރާތަކަށް ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ސަލާމާއި، ޗުއްޓީއާއި، ސަރުކާރު ބަންދު ދުވަސްތަކާއި، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ ފަދަ އެއްވެސް އިނާޔަތެއް، ސެކިޔުރިޓީ ބަލަހައްޓާ ފަރާތަކަށް ނުލިބޭނެއެވެ.
- މިމަސައްކަތް ކޮށްދިނުމަށް ކުރިމަތިލެވޭނީ ރަނގަޅު އަޚުލާގެއްގެ، ލިޔަންކިޔަން ދަންނަ، ޢުމުރުން 65 އަހަރުންދަށުގެ، ޞިއްޙަތު ރަނގަޅު، ދިވެހިރައްޔިތުންނަށެވެ.
- މަސައްކަތް ކުރަންޖެހޭނީ ސްކޫލުން ކަނޑައަޅާ ޑިއުޓީތާވަލަކާއި އެއްގޮތަށެވެ.
- މަސައްކަތް ޙަވާލުކުރެވޭ ކޮންމެ ފަރާތަކާއިއެކު މިސްކޫލުން މަސައްކަތުގެ އެއްބަސްވުމެއް ހެދޭނެއެވެ.
- މިމަސައްކަތް ޙަވާލުކުރުމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަރވިއު ކޮށްގެންނެވެ.
ވީމާ، ކޮންޓްރެކްޓް އުސޫލުން މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 މެއި 11 ވާ ބުރާސްފަތި ދުވަހު، މެންދުރުފަހު 2:00 ގެކުރިން ސިޓީއަކުން ހުށަހެޅުންވުން އެދެމެވެ. ހުށަހަޅާ ސިޓީއާއެކު ތަޢުލީމީ ސެޓްފިކެޓްތަކާއި ،އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ އަދި ޕޮލިސްރިޕޯޓް ހުށަހަޅުއްވަން ވަނެއެވެ.
07 މެއި 2023
07 މޭ 2023