ދިވެހިރާއްޖެ
ބ. ދަރަވަންދޫގެ ލޭންޑް ޔޫސް ޕްލޭނާއެއްގޮތަށް ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް، 2023 މޭ 03ގައި ބޭއްވުނު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 101ވަނަ ޖަލްސާއިން ފާސްކޮށް އާންމުކޮށްފައިވާ "ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު-2023" އާއި އެއްގޮތަށް، ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 58 ގޯއްޗަށް އެދި ފޯމު ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:
(ހ) |
ދިވެހިރައްޔިތަކު ކަމުގައިވުން. |
(ށ) |
ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތާ ހަމައަށް މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން. |
(ނ) |
ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ ހައުސިންގ ޔުނިޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. |
(ރ) |
ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން. |
(ބ) |
ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވުން. |
(ޅ) |
ހިބައިން ނުވަތަ ވަޞިއްޔަތުން ނުވަތަ ތަރިކައިގެ އުސޫލުން، ރާއްޖޭގެ އެއްވެސް ތަނަކުން 1000 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން ނުވަތަ ލިބިފައިނެތުން، އަދި 1000 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓަރީވެފައިވާނަމަ ނުވަތަ ލިބިފައިވާނަމަ މިފަދަ ބައެއް، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވުން. (އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ.) |
ފޯމު ދޫކުރުން:
ފޯމު ދޫކުރާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިންނެވެ. 2023 މޭ 09 ވާ އަންގާރަ ދުވަހުން ފެށިގެން 2023 ޖޫން 19 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ.
ފޯމު ބަލައިގަތުން:
ފޯމު ބަލައިގަތުން އޮންނާނީ 2023 މޭ 09 ވާ އަންގާރަ ދުވަހުން ފެށިގެން 2023 ޖޫން 19 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ.
ނޯޓު: ގޯއްޗަށް އެދި ހުށަހަޅާ ފޯމު ވާންވާނީ މި އިދާރާގެ ކައުންޓަރުން ދޫކޮށްފައިވާ ފޯމަކަށެވެ. އަދި ފޯމު ފުރާފައި އޮންނަންވާނީ "ބ. ދަރަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2023" ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.