ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-FIS/2015/01
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 21 ޖަނަވަރީ 2015 14:00
ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާޓް ޓައިމް ލެކްޗަރަރއިން ހޯދުމާބެހޭ

ޕާޓްޓައިމް ލެކްޗަރަރއިން ހޯދުމާބެހޭ

      މި ފެކަލްޓީގެ ފަރާތުން ހދ. ކުޅުދުއްފުށްޓާއި، ސ. ހިތަދޫއާއި، ގދ. ތިނަދޫއައި، ލ. ގަން ކެމްޕަހުގައި ހިންގަމުންގެންދާ ކޯސްތަކުގައި ކިޔަވައިދެއްވާނެ، އިސްލާމިކް ސްޓަޑީޒްގެ ދާއިރާއާއި، އުނގަންނައިދިނުމުގެ ދާއިރާއާއި، އިންފޮމޭޝަން ޓެކްނޮލޮޖީއާއި، އިނގިރޭސި ބަހާއި، ޢަރަބި ބަހާއި، ޤުރްއާން ކިޔަވައިދެއްވުމުގެ ޝައުޤުވެރިކަންހުރި ޕާޓްޓައިމް ބޭފުޅުން ބޭނުންވެއެވެ.

     ޕާޓްޓައިމްކޮށް ކިޔަވައިދެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާ ބޭފުޅުންގެ ތެރެއިން، ކުރިން މި ކެމްޕަސްތަކުގައި ކިޔަވައިދެއްވާފައިވާ، އެބޭފުޅުންގެ ކިޔަވައިދެއްވުން ރަނގަޅުކަމަށް ފާހަގަކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

     ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އައި.ޑީ ކާޑުގެ ކޮޕީއަކާއެކު، ލިބިވަޑައިގެންފައިވާ ސެޓިފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ، މި ފެކަލްޓީގެ އިދާރީ ބަޔަށް ހުށަހެޅުއްވުން އެދެމެވެ.

24 ރަބީޢުލްއައްޥަލް 1436

 

15 ޖަނަވަރީ 2015