ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2015/8
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 26 ޖަނަވަރީ 2015 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަން: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުސާރަ:  -/3565 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ގަލޮޅު އެކްޓިވިޓީ ސެންޓަރ/ މާލެ.

ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ގަލޮޅު ޔޫތު އެކްޓިވިޓީ ސެންޓަރުގެ ޑިޔުޓީއަށް ނިކުތުމާއެކު، ކަނޑއެޅޭ އުސޫލެއްގެ މަތިން ހުޅުމާލެ ޔޫތު ސެންޓަރ، ވިލިނގިލީ ޔޫތު ސެންޓަރ، މުނިއުފާ ޔޫތު ސެންޓަރ، މާފަންނު ޒުވާނުންގެ މަރުކަޒުގެ ޑިޔުޓީތަކަށް ނިކުތުން. ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ހިންގާ ވާރކްޝޮޕްތައް ހިންގުމުގައި ބައިވެރިވުން.
  • ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތަކާއި ދަނީ ތާވަލުގައިވާ ގޮތުގެ މަތިންތޯ ޗެކުކޮށް، އެއްވެސް މައްސަލައެއްވާނަމަ ސުޕަވައިޒަރަށް ރިޕޯޓް ކުރުން.
  • ކުޅިވަރު ކުޅުމަށް އަންނަ މެންބަރުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ގަވާއިދުން ދޫކޮށް ބެލެހެއްޓުން.
  • ރޭވިފައިވާ ހަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ ތައްޔާރީއެއްވާނަމަ އެކަމެއް ކުރުން.
  • ސެންޓަރަށް ޒިޔާރަތްކުރާ މެންބަރުންނާއި އެހެނިހެން ފަރާތްތަކުގެ ޢަމަލުތައް ހުރީ މަރުކަޒުގެ ގަވާއިދާ އެއްގޮތައްތޯ ބަލައި ސުޕަވައިޒަރަށް ރިޕޯޓް ކުރުން.
  • ސެންޓަރުގެ ފަރާތުން ހިންގާ ކުޅިވަރު މުބާރާތްތައް ރާވައި ހިންގުން.
  • ސެންޓަރުގެ ފަރާތުން ފާހަގަކުރާ ހުރިހާ ދުވަސްތައް ފާހަގަކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • އޮފީސް ހުޅުވައި ލެއްޕުމާއި ޑިޔުޓީއަށް ގަވާއިދުން ނުކުތުން.
  • އިޖުތިމާޢީ ކަންކަމާއި މުނިފޫހިފިލުވުމުގައި އެންމެހައި ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ނޯޓް:

- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމުތަކުގެ އިންޓަރވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ، ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަރވިއުއަށް ހާޒިރުވާއިރުއެވެ.
  • ސުންގަޑި: 2015 ޖަނަވަރީ 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގޭގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބްސައިޓް އެޑްރެސް www.mhrys.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015