މަސައްކަތް
ނަންބަރު: 116-FB2/IL/2023/120
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2023
ޕަބްލިޝްކުރި ގަޑި: 21:17
ސުންގަޑި: 16 މޭ 2023 13:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"އެއަރ ފްރެޝްނަރ ޑިސްޕެންސަރ" ސަޕުލައިކޮށް، ހަރުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

"އެއަރ ފްރެޝްނަރ ޑިސްޕެންސަރ" ސަޕުލައިކޮށް، ހަރުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

       ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި މިކުންފުނިން ހިންގަމުން އަންނަ ލައުންޖުތަކުގައި، "އެއަރ ފްރެޝްނަރ ޑިސްޕެންސަރ" ސަޕުލައިކޮށް، ހަރުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ފަރާތެއް ހޯދަން ބޭނުންވެއެވެ.

       މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 މޭ 16 ވާ އަންގާރަދުވަހުގެ މެންދުރު 13:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

       ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2023 މޭ 18 ވާ ބުރާސްފަތިދުވަހުގެ މެންދުރު 13:00 ގައި މި ކުންފުނީގައި އޮންނާނެއެވެ.  

       "ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2023 މޭ 25 ވާ ބުރާސްފަތިދުވަހުގެ މެންދުރު 13:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 މޭ 25 ވާ އަންގާރަދުވަހުގެ މެންދުރު 13:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

       ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

06 މޭ 2023