ދިވެހިރާއްޖެ
ވާރލްޑް ބޭންކް - "މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތް ޕްރޮޖެކްޓް" ގެ މަސައްކަތްތައް ވިލަރެސްކޮށް މިމަޝްރޫޢުގެ އިމްޕްލިމެންޓިންގް އޭޖެންސީގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސްގައި ޤާއިމްކުރާ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި މަސައްކަތް ކުރާނެ ތިރީގައި ދަންނަވާފައިވާ ދެ މަގާމަށް ކޮންޓްރެކްޓް މުވައްޒަފުން ނެގުމަށް ބޭނުންވެއެވެ.
- ޕްރޮޖެކްޓް ކޯޑިނޭޓަރ
- ޕްރޮކިއުމަންޓް ސްޕެޝަލިސްޓް
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މެއި 2023 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected],