ތަމްރީނު
ނަންބަރު: (IUL)475-Schol/475/2023/69
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2023
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 03 ނޮވެންބަރު 2024 14:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް 2022

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް 2022  

 

2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހުޅުވާލަމެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، މި ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

މި ސްކޮލަރޝިޕް ލިބުމަށް ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

1- ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުން.

2- "އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން A* ފާސް ހޯދާފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން A* ޙާޞިލްކޮށްފައިވުން.

3- ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތުން.

 

މަތީގައި ދެންނެވި ޝަރުޠު ފުރިހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގައި ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ތިރީގައިވާ ލިޔުންތައް މި މިނިސްޓްރީއަށް ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

 

  1. ޖީ.ސީ.އީ އޭލެވެލް ނުވަތަ ޝަހާދާ ސާނަވީ ސެޓްފިކެޓްތަކުގެ ދެފުށުގެ ކޮޕީ
  2. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތްކަން އެނގޭ ސެޓްފިކެޓްގެ ދެފުށުގެ ކޮޕީ .
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށް ހިމެނޭ ގޮތަށް)
  4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ
  5. ޔުނިވަރސިޓީ (ކޯހުގެ) ފީ ސްޓްރަކްޗަރ. (ލިބިފައިވާނަމަ)
  6. އަންކޮންޑިޝަނަލް އޮފަރ ލެޓަރ. (ލިބިފައިވާނަމަ)
  7. ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް. (ލިބިފައިވާނަމަ)

 

މި ސްކޮލަރޝިޕްގެ އުޞޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން މިކަން ކުރިއަށް ގެންދެވުން އަވަސްކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.  

 

މި ސްކޮލަރޝިޕްގެ އުޞޫލު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv  (https://www.mohe.gov.mv/resources)ގައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަދި ގުޅުއްވާނީ 3026947 އަށެވެ.

04 މޭ 2023