ދިވެހިރާއްޖެ
MOFCOM Scholarship |
|||
ޗައިނާ |
ޤައުމު: |
* މާސްޓަރސް ޑިގްރީ * ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް އަދި ޢަދަދު: |
މިއިޢުލާނާއެކު އަޕްލޯޑްކޮށްފައިވާ ލިސްޓްގައިވާ ކޯސްތައް |
ކޯހުގެ ދާއިރާ: |
||
38 ފުރުޞަތު (މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.) |
ކޯހުގެ ޢަދަދު |
||
މާސްޓަރސް ޑިގްރީ 1. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. 2. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. ( IELTS / TOEFLސެޓްފިކެޓް ލިބިފައިނުވާ ފަރާތްތަކުންނާއި، ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ކުރިމަތިލާ ކޯހަށް IELTS/ TOEFLސެޓްފިކެޓް ބޭނުންވާނަމަ، އެކޯހެއް ހިންގާ ޔުނިވަރސިޓީއަށް އީމެއިލްކުރައްވާ އެކަމުގައި އެބޭފުޅުން ދެކިލައްވާ ގޮތެއްގެ ސާފުކުރުމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަފާވައެވެ.) 3. އެޕްލައިކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައިމަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. 4. ޕަބްލިކް ސެކްޓަރ ގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުން. 5. 1 ސެޕްޓެމްބަރ 2023 ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން. 6. އަޕްލޯޑުކުރެވިފައިވާ މޮފްކޮމް ސްކޮލަރޝިޕް – ސީއެސްސީ ޕްރޮގްރާމް އިންފޮމޭޝަން ޝީޓާއި، ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.
ޕީ.އެޗް.ޑީ 1. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. 2. TOEFLއިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. ( IELTS / TOEFL ސެޓްފިކެޓް ލިބިފައިނުވާ ފަރާތްތަކުންނާއި، ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ކުރިމަތިލާ ކޯހަށް IELTS/ TOEFL ސެޓްފިކެޓް ބޭނުންވާނަމަ، އެކޯހެއް ހިންގާ ޔުނިވަރސިޓީއަށް އީމެއިލްކުރައްވާ އެކަމުގައި އެބޭފުޅުން ދެކިލައްވާ ގޮތެއްގެ ސާފުކުރެއްވުމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަފާވައެވެ.) 3. އެޕްލައިކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. 4. ޕަބްލިކް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުން. 5. 1 ސެޕްޓެމްބަރ 2023 ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން. 6. އަޕްލޯޑުކުރެވިފައިވާ މޮފްކޮމް ސްކޮލަރޝިޕް – ސީއެސްސީ ޕްރޮގްރާމް އިންފޮމޭޝަން ޝީޓާއި، ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން. އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
ކޯހުގެ ޝަރުތު: |
||
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ 5. އެޕްލައިކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައިމަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ކަމުގެ ލިޔުމެއް. 6. ޕަބްލިކް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތެއްކަން އެނގޭނެ ލިޔުން. 7. 2 ރިކޮމެންޑޭޝަން ލެޓަރ. (1 އެކަޑެމިކް އަދި 1 މިވަގުތު ވަޒީފާ އަދާކުރާ ފަރާތުގެ) 8. ޕޮލިސް ރިޕޯޓް. 9. އިނގިރޭސި ރިކުއަމަންޓާއި ގުޅޭގޮތުން ޔުނިވަރސިޓީގެ ސިޓީ/އީމެއިލް. ( IELTS / TOEFLސެޓްފިކެޓް ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން މިލިޔުން ނެތް ފަރާތްތަކުން) 10. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ނުވަތަ މޮފްކޮމް ސްކޮލަރޝިޕް – ސީއެސްސީ ޕްރޮގްރާމް އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން. 11. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 12. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް. 13. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ހަވާލުވާނަމަ، ހަވާލުވާ ފަރާތުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
||
- މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ. - މިސްކީމްގެ ދަށުން މާސްޓަރސް ލެވެލް / ޕީއެޗްޑީ ލެވެލްގެ ޖުމްލަ 38 ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ލިބިފައެވެ. - މިސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުންނެވެ. - މި ސްކޮލަރޝިޕްގެ ދަށުން (ޓިއުޝަން ފީ، އޮންކެމްޕަސް އެކޮމޮޑޭޝަން، ސްޓައިޕެންޑް، ރިސެޓެލްމަންޓް ފީ، މެޑިކަލް އިންޝުރެންސް، އަދި ދެކޮޅު ޓިކެޓް) ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ އެލަވަންސްތަކާއި، އެކޮމޮޑޭޝަންގެ ތަފްސީލް ވެބްސައިޓްގައި އަޕްލޯޑުކުރެވިފައިވާ ކޯހާއިބެހޭ މަޢުލޫމާތު ޝީޓްގައި ހިމެނިފައިވާނެއެވެ.) - މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މިމިނިސްޓްރީއިން ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، މޮފްކޮމްގެ އޮންލައިން އެޕްލިކޭޝަން ފުރިހަމަކޮށް ހުށަހަޅަން ވާނެއެވެ. މޮފްކޮމްގެ އެޕްލިކޭޝަންއާއިއެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ މޮފްކޮމް ސްކޮލަރޝިޕް – ސީއެސީ ޕްރޮގްރާމް އަދި ކޯހާއި ގުޅޭ ޔުނިވަރސިޓީ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ. ވީމާ، 18 މޭ 2023 ގެ ކުރިން އޮންލައިން އެޕްލިކޭޝަންއާއި ލިޔުންތައް މޮފްކޮމްއަށް ހުށަހެޅުމަށް މަޢުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް ހަމަކޮށް ތައްޔާރުކޮށްފައި ބެހެއްޓުން އެދެމެވެ. އެޕްލިކޭޝަންއާއިއެކު ހުށަހަޅާ ލިޔުންތަކަކީ އަސްލާއެއްގޮތް ކަމަށް އެޓެސްޓެޑް ކޮށްފައިވާ ލިޔުންތަކަށްވާން ޖެހޭނެއެވެ.
* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
||
ސުންގަޑި: 15 މޭ 2023 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން |
|||
އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
|||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026941 / 3026966 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |