ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެންގުވުމާއެކު މި ކޯޕަރޭޝަނުން ހިންގަމުންދާ "އެސްއެމްއީ ހަބް"ގެ ދެވަނަ ފަންގިފިލާއިން ގާމަންޓް، އާޓްސް އެންޑް ކްރާފްޓްސް އަދި އެކްސެސަރީސް ވިއްކާ ވިޔަފާރިތަކަށް ޚާއްސަކޮށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. މި ކޯޕަރޭޝަނުން މިފަދަ ހަބެއް ޤާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް މާކެޓް އެކްސެސް ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިވެދިނުމެވެ.
މި ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު ހިމަނާފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ފޯމުތައް ބަލައިގަންނާނީ ހަމައެކަނި އީމެއިލް މެދުވެރިކޮށެވެ. ބީސީސީއިން އެޕްލިކޭޝަން ފޯމް ބަލައިގަތުމަށްފަހު، ފޯމް ހުށަހެޅިފަރާތަށް އީމެއިލް މެދުވެރިކޮށް އަންގާނެއެވެ.
ކިއޮސްކު ކުއްޔަށް ދޫކުރާ އަގުތަކާއި، އެހެނިހެން މައުލޫމާތު މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 16 މޭ 2023ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށެވެ.