ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:16
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ާްޤަވާއިދު ނަންބަރު R-582/2013 (ރަށްރަށުގެ ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދު) އަށް 1 ވަނަ އިސްލާޙް ގެނައުމުގެ ޤަވާއިދު

ޤަވާއިދު ނަންބަރ 2013/R-582 ( ރަށްރަށުގެ ބަނދަރު ބެލެއްޓުމާބެހޭ ޤަވާޢިދު ) އަށް 1 ވަނަ އިސްލާޙް ގެނައުމުގެ ޤަވާއިދު

 

ޤަވާއިދު ނަންބަރ 2013/R-582 ( ރަށްރަށުގެ ބަނދަރު ބެލެއްޓުމާބެހޭ ޤަވާޢިދު ) އަށް އަންނަނިވި އިސްލާޙު ގެނައުން.

 

 

1-      (ހ) ބުނެވިދިޔަ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާޙު ކުރުން.

 

ފަތުރުވެރިންގެ އުޅަނދުފަހަރު      

15. (ހ) ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ބަނދަރަށް ވަދެނިކުމެ ހަދަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ވަންނަ އުޅަނދުފަހަރު ބަނދަރުގައި އޮންނަ ކޮންމެ 24 ( ސައުވީސް ( ގަޑިއިރަކަށް -/500 ( ފައްސަތޭކަ ) އެމެރިކާ ޑޮލަރ ނުވަތަ އެމެރިކާ ޑޮލަރަށް ވާ ދިވެހި ފައިސާ ، އެ އުޅަނދަކުން ކައުންސިލަށް ދައްކަންވާނެއެވެ. 24 ( ސައުވީސް ) ގަޑިއިރު ހަމަނުވި ކަމުގައިވިޔަސް ފައިސާ ނަގާނީ 24 ( ސައުވީސް ) ގަޑިއިރަށެވެ.             

 

 

ޢަމަލުކުރަން ފަށާ ތާރީޚު   

   2- (ހ) މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ ، މިޤަވާޢިދު ދިވެހި        ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.                

         

04 މޭ 2023