މަސައްކަތް
ނަންބަރު: (IUL)ASMH-Procure/ASMH/2023/42
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 15 މޭ 2023 13:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލް ކަނެކްޝަން ހަދައިދޭނެ ފަރާތެއް ހޯދުން

ނަންބަރު : (IUL)ASMH-Procure/ASMH/2023/42

 

އިޢުލާން

ގދ.އަތޮޅުގައި ސިއްޙީވިއުގަޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުން

މިހޮސްޕިޓަލުގެ ނަންބަރު (IUL)ASMH-Procure/ASMH/2023/11 ގދ.އަތޮޅުގެ ސިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކަށް ބޭނުންވާ ތަކެއްޗާއި، ކޭބަލް ފޯރުކޮށްދިނުމާއި، ކަނެކްޝަން ހަދައިދޭނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާނާއި ގުޅިގެން ބައެއް މައުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިނުވާތީ، ޙަވާލާ ދެވިފައިވާ ނަންބަރުގެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. 

       ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 04 މެއި 2023 އިން 10 މެއި 2023 ވަނަދުވަހުގެ 14:00 މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން: 10 މެއި 2023، މެންދުރު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި 6841971 / 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.

އަންދާސީ ހިސާބް ހުށަހެޅުން:  15 މެއި 2023، 13:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

04 މޭ 2023