ތަމްރީނު
ނަންބަރު: (IUL)259/2023/44
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 07 މޭ 2023 00:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޭކަޕް ކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

ހދ.ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށްގެން ބާއްވާ މޭކަޕްކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ކޯހުގައި ދަސްކޮށްދޭ ބައިތައް: ހުރިހާ ވައްތަރެއްގެ މޭކަޕް (ބްރައިޑަލް، ޕާތީ، އޮކޭޝަނަލް ފަދަ)

ކޯހުގެ މުއްދަތު: 3 ދުވަސް

ކޯސް ހިންގާނެ ތާރީޚް: މެއި (2023) މަހުގެ ތެރޭގައި.

ކޯހުގައި ބައިވެރިވުމުގެ ފީ: -/500 (ފަސް ސަތޭކަ ރުފިޔާ)

 

މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 މެއި 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ކޯހުގައި ބައިވެރިވާން ބޭނުންވާކަން ބަޔާންކޮށް، 9918099 (ޝަކީބާ ޢަލީ/އ.ތ.މ.ކގެ ނައިބު ރައީސާ)އަށް، ބައިވެރިވާން އެދޭ ފަރާތުގެ ނަމާއި، އައިޑީ ކާޑު ނަންބަރު، އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެސް.އެމް.އެސް ކުރެއްވުން އެދެމެވެ.ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޯހުގައި މަދުވެގެން 10 ބައިވެރިން ރަޖިސްޓްރީ ވެފައިވާނަމައެވެ. އަދި ކޯހުގައި ރަޖިސްޓްރީވުމަށް ދެވިފައިވާ މުއްދަތު ހަމަވުމުން، ކޯހުގެ ފީ ބަލައިގަތުން ކުރިއަށް ގެންދާނެ ތާރީޚެއް ބައިވެރިންނަށް އެންގޭނެކަމުގައި ދަންނަވަމެވެ.

04 މޭ 2023