ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/1/2015/21
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 27 ޖަނަވަރީ 2015 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީން 20 ނޮވެންބަރު 2014 ގައި ކުރި ނަންބަރު 22/2014/120/D-22(IUL ގެ ޢިއުލާނާ ގުޅިގެން މަޤާމަށް ޝަރުޠުހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.

މަޤާމް: އެސިސްޓެންޓް ސިވިލް އިންޖިނިއަރ

ބޭނުންވާ އަދަދު: 1              

ރޭންކް: އެމް. އެސް 2

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލަވަންސް: -/3500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:   ސިވިލް ވޯކްސް ޔުނިޓް، ޕްރޮކިއުމަންޓް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ                                 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުރިއަށް އޮންނަ އަހަރު ކުރިއަށްގެންދަން ބޭނުންވާ ޢިމާރާތްކުރުމާބެހޭ މަޝްރޫޢުތައް ރާވައި ޕްރޮޖެކްޝަން ތައްޔާރުކުމާއި، ސެކްޝަނުން ހިންގާ މަޝްރޫޢުތައް ތަންފީޒުކުރެވޭ މިންވަރު ބަލައި، ސެކްޝަނުގެ ވެރިޔާއަށް ކޮންމެ ހަފުތާއަކު އެއްފަހަރު އެންގުން.
  2. އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއާ ގުޅިގެން މިމިނިސްޓްރީން ސްކޫލްތަކުގައި ހިންގާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން އެ އޮފީހުގެ ކަމާބެހޭ މުވައްޒަފުންނާއެކު ސައިޓް ވިޒިޓްތަކުގައްޔާއި ޕްރޮގްރެސް މީޓިންގތަކުގައި ބައިވެރިވެގެން މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުން.
  3. ސްކޫލްތަކުގެ ޢިމާރާތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލުގެ ޙާލަތު ދެނެގަނެވޭނެ ރިޕޯޓެއް ބޭނުންވެއްޖެ ހިނދެއްގައި އެ ސްކޫލަކަށް ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ރިޕޯޓް ތައްޔާރުކުރުމާއި، އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް، ވެރިއެއްގެ ލަފަޔާ އެއްގޮތަށް އެޅުން.
  4. ސްކޫލް ޢިމާރާތްތަކަށް ގެންނަންޖެހޭ ކުރިއެރުން ސިފަކުރެވޭގޮތަށް ސްޓޭންޑަޑް ކުރެހުންތަކެއް ތައްޔާރުކޮށް، އެ ސްޓޭންޑަޑްތަކަށް ސްކޫލް ޢިމާރާތްތައް ފެތޭތޯ ޗެކްކުރުން.
  5. އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއިން ކޮންސެޕްޓް ޑިޒައިން އެޕްރޫވްކުރުމަށް ފޮނުވުމުން، މިނިސްޓްރީން އިޞްލާޙުކުރަން ބޭނުންވާކަމެއްވޭތޯ ބަލައި، އިޞްލާޙުކުރަން ބޭނުންވާކަމެއްވާނަމަ، އެކަން ފާހަގަކޮށް، އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއަށް ހުށަހެޅުން.
  6. ސެކްޝަނުން ޓެންޑަރކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ޓެންޑަރކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކާއި ސްޕެސިފިކޭޝަންތައް، ކަމާބެހޭ ބޭފުޅުންގެ ލަފަޔާ އެއްގޮތަށް ތައްޔާރުކޮށް އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއަށް ފޮނުވަން ކަނޑައަޅާ ޕްރޮޖެކްޓްތައް އެ އޮފީހަށް ފޮނުވުމާއި، މިނިސްޓްރީން ކުރިއަށް ގެންދަން ކަނޑައަޅާ ޕްރޮޖެކްޓްތައް ޕްރޮކިޔުމެންޓް ޔުނިޓަށް ފޮނުވުމާއި، ޓެންޑަރކުރުމަށް އިތުރަށް ބޭނުންވާ މަޢުލޫމާތު އެފަރާތްތަކަށް ދިނުމާއި، ލިޔެކިޔުންތައް ބެލެހެއްޓުން.

ޝަރުޠު:                                                 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2015 ފެބުރުވަރީ 1 އާއި 5 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mvއިން ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 27 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ.

28 ރަބީޢުލްއައްޥަލް 1436

19 ޖަނަވަރީ 2015