މުބާރާތް
ނަންބަރު: (IUL)416-ESMSPR/416/2023/50
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 11 މޭ 2023 13:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް މުބާރާތް 2023 ރާވާ ހިންގާނެ ޖަމިއްޔާއެއް ހޯދުން

މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް މުބާރާތް 2023 ރާވާ ހިންގާނެ ޖަމިއްޔާއެއް ހޯދުން

 

މަޑަވެލީގައި ފުޓްސަލް އާލާކޮށް، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް ދިރުވައި އާލާކޮށް، ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމާއި، ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މާތް މަޤުޞަދުގައި، " މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް މުބާރާތް 2023" މިނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ކައުންސިލުން ނިންމާފައެވެ. އަދި މިމުބާރާތަކީ ހަމައެކަނި މަޑަވެލިގެ ޓީމްތަކަށް އެކަނި ހުޅުވާލެވިގެން ކުރިއަށް ގެންދަން ގަސްތުކުރެވިފައިވާ މުބާރާތެކެވެ. އެހެންކަމުން މި މުބާރާތް  އިންތިޒާމްކޮށް ހިންގުމަށްޓަކައި ޖަމިއްޔާތަކަށް  ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

ވިމާ، ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚާއި ގަޑިއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

  • ·       ޕްރޮޕޯސަލް ހުށަހެޅުން:

ތާރީޚް

ގަޑި

ތަން

11 މެއި 2023

13:30 (މެންދުރު)

ގދ. މަޑަވެލި ކައުންސިލްގެ އިދާރާ

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މޭ 2023