ދިވެހިރާއްޖެ
`
މަޖީދިއްޔާ ސްކޫލް
މާލެ، ދިވެހިރާއްޖެ
ނަންބަރު:(IUL)MS/1/2023/36
އިޢުލާނު
|
|||||||||||||
މަޤާމު: |
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން |
||||||||||||
މަޤާމުގެ ނަންބަރު: |
J-347753 |
||||||||||||
ބޭނުންވާ އަދަދު: |
1 |
||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||
މަޤާމުގެ ރޭންކު: |
ޖީ.އެސް -4 |
||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މަޖީދިއްޔާ ސްކޫލް . ކ.މާލެ |
||||||||||||
މުސާރަ: |
5020.00 |
||||||||||||
ސަރވިސް އެލަވަންސް: |
1500.00 |
||||||||||||
އެހެނިހެން އެލަވަންސް: |
|
||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ސްކޫލްގައި ބޭނުންކުރާ ހުރިހާ ކޮމްޕިއުޓަރތައް ބެލެހެއްޓުން. 2- ކޮމްޕިއުޓަރު ތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުން. 3- ސްކޫލްގެ ނެޓްވޯކް ބެލެހެއްޓުން. އަދި ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން. 4- ކޮމްޕިއުޓަރ މަރާމާތުކުރުމަށް ބޭނުންވާ އެންމެހާ ސާމާނުތައް ޤަވައިދުން އެދިގެން ހޯދުން. 5- އީ ލެޓަރ ސިސްޓަމަށް ދިމާވާ މައްސަލަތައް އެކަމާބެހޭ އޮފީހާ ގުޅައިގެން ހައްލުކުރުން އަދި އީ ލެޓަރ މަސައްކަތްކުރާ މުއައްޒަފުންނަށް އެކަމުގެ ތަމްރީނާއި އިރުޝާދު ދިނުން. 6- ސްކޫލްގެ ކޮރިޑޯގައި ބެލެނިވެރިންނާ ދަރިވަރުންނަށް ފެންނަގޮތަށް ހަރުކުރެވިފައިވާ ޓީވީ އަށް ސްކޫލް ޕްރޮގްރާމް އަދި ސްކޫލުން ބެލެނިވެރިންނަށް ދިނުމަށްބޭނުންވާ މެސެޖް ފޮޓޯ ފަދަ ތަކެތި ދުވަހުންދުވަހަށް އަޕްޑޭޓްކުރުން. 7- ސްކޫލްގައި ބާއްވާ އެކިއެކި ކަންތައްތަކަށް ޕްރޮޖެކްޓަރ ސެޓްކޮށް އަދި ނިމުމުން ނަގާ ރައްކާކުރުން. 8- މީގެ އިތުރުން ސްކޫލްގެ ރަސްމީ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވެ މަސައްކަތްތައް ކުރުން. ސްކޫލްގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޓްޑޭޓްކޮށް ބެލެހެއްޓުން 9- |
||||||||||||
މަޤާމުގެ ޝަރުޠުތައް:
|
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން. ތައުލީމީ ރޮނގުތައް:
ޕްރިފާރޑް ޑިސިޕްލިން މި މަގާމަށް ޕްރިފާރޑް ޑިސިޕްލިން ކަނޑައެޅިފައި ނުވޭ ކޯޑިސިޕްލިން މި މަގާމަށް ކޯ ޑިސިޕްލިން ކަނޑައެޅިފައި ނުވޭ ގުޅޭ ވަޒީފާގެ ދާއިރާތައް:
|
||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިންބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލްސާރވިސް ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް)، ވަޒިފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން. (ށ) ސިވިލްސާރވިސްގެ ތަޖްރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖްރިބާގެ މުއްދަތުތައް ހާމަކޮށް ދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަގާމް ތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަގާމްތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް ) ވަކި ވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާ ކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދަކުރި މުއްދަތާއި، ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަގާމް ތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިއުން ( މި ލިއުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިއުމެއް ހުށަހަޅަންވާނެއެވެ. (ބ) ދައުލަތުގެ އުވާލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ، ނުވަތަ އުވާލެވިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދަކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި، ( އަހަރާއި މަހާއި ދުވަސް އެގޭގޮތަށް)، ވަޒީފާގެ މަސްއުލިއްޔަތުތައް ( އެއް އިދަރާއެއްގެ ތަފާތު މަގާމްތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން ލިބެންނެތްނަމަ، ރެކްރުޓްމަންޓް އުސޫލްގެ ޖަދުވަލް 8 ގައިވާ " ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމް".
|
||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މަޖީދިއްޔާ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||||||
ޝޯޓްލިސްޓްކުރުން:
|
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
||||||||||||
އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ،2023 މެއި 14 އާއި 2023 މެއި 18 އާ ދެމެދުގެ ތާރީހެއްގައި، މަޖީދިއްޔާ ސްކޫލްގައި ގައެވެ. |
||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3315687 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
|||||||||||||
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ގުޅުއްވާނީ 3315687 ނަންބަރު ފޯނާއިއެވެ. އީ މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |