ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2023/45
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 12 މޭ 2023 00:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދިނުމަށް ބާއްވާ ގުރުއަތު ނެގުން

ނަންބަރު:  (IUL)316/316/2023/45

           

 

އިޢުލާން

 

                        މިއިދާރާގެ ނަންބަރު (IUL)316/316/2023/16 (12 ފެބުރުއަރީ 2023) އިޢުލާނާއެކު ޢާއްމުކުރި ބ. ކިހާދޫއިން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުޝަތުގައި  ގޯއްޗަށްއެދި  ހުށަހެޅި  ފަރާތްތަކަށް މާކްސް ލިބުނުގޮތުގެ ދާއިމީ  ލިސްޓްގައިވާ ފަރާތްތަކުގެތެރެއިން އެންމެމަތިން މާކްސް ލިބުނު 41 ފަރާތަކަށް ގޯތި ދިނުމަށް  ބާއްވާ  ގުރުއަތު ނެގުން 11 މެއި  2023 ވާ  ބުރާސްފަތި ދުވަހުގެ މެންދުރުކުރި 10:00 ގައި ކުރީގެ ހިދާޔާ ޕްރީސްކޫލްގައި  އޮންނާނެއެވެ.

 

                        ވީމާ، މިގުރުއަތު ނެގުމަށް ގޯތި ލިބޭ ފަރާތްތަކުން  11 މެއި  2023 ވާ ބުރާސްފަތި ދުވަހުގެ  މެންދުރުކުރި 10:00 ށް  ކުރީގެ ހިދާޔާ ޕްރީސްކޫލަށް  ޙާޟިރުވެދެއްވުން އެދެމެވެ. މި ގުރުއަތު ނެގުމަށް ގޯތިލިބޭ ފަރާތަށް ޙާޟިރުވެވެން ނެތިގެން ބަދަލުގައި މީހަކު  ފޮނުވާނަމަ  ބަދަލުގައި މީހަކު  ފޮނުވާކަމުގެ ވެރިފަރާތުގެ  ސިޓީއަކާއި  ބަދަލުގައި އަންނަ  ފަރާތުގެ އައިޑީކޮޕީ  ގުރުއަތު ނެގުމަށް ޙާޟިރުވާއިރު ގެންނަންވާނެއެވެ. މި ބައްދަލުވުމަށް  ގޯތި ލިބޭފަރާތަށް ޙާޟިރުވެވެން ނެތްނަމަ ނުވަތަ ބަދަލުގައި ފޮނުވާނެ ފަރާތެއްނެތްނަމަ، އެފަރާތެއްގެ ގުރުއަތު ނެގުމުގެ ކަންކަން މިއިދާރާއިން  ކުރިއަށްގެންދެވޭނެއެވެ

                        މި އިޢުލާނާއެކު ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް، ބެހެއްޓިފައި ހުންނާނެއެވެ.

 

                        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                        12  ޝައްވާލު  1444

                        02  މެއި      2023

 

 

 

 

 

                                                             ޙުސައިން ޝާފިޢު

                                                            ކައުންސިލްގެ ރައީސް

02 މޭ 2023