ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2023/070
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 11 މޭ 2023 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމް :ކޮމްޕިއުޓަރ ޓެކްނީޝަން
ބޭނުންވާ އަދަދު :1

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

01

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އެޑިއުކޭޝަން

ޑިޕާޓްމަންޓް/ ސެކްޝަން

އައި.ޓީ ޑިޕާޓްމަންޑް

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2,502.94 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).

މަޤާމުގެ ޝަރުތު:

 

  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން އަދި މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  3. އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން އަދި މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީ ގައި ބޭނުންކުރާ ކޮމްޕިއުޓަރ އަދި ލެޕްޓޮޕްތައް ސެޓަޕްކޮށް ދިމާވާ މައްސަލަތައް ރަނގަޅުކޮށް ހައްލުކުރުން.
  • ޔުނިވަރސިޓީ ގައި ބޭނުންކުރާ ޕްރިންޓަރ އަދި ސްކޭނަރ ސެޓަޕްކުރުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
  • ކޮމްޕިއުޓަރ ފޯމެޓްކޮށް ހަދަންޖެހޭ ޙާލަތްތަކުގައި ފޯމެޓްކޮށް ފަންކްޝަންކުރުން.
  • ވައިރަސް ކްލީންކޮށް ޔުނިވަރސިޓީން ގެންގުޅޭ އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  • ފެކަލްޓީގެ ކްލާސްތަކާއި ލެބް ތަކުގައި ކްލާސްތައް ނެގޭނެގޮތަށް މަލްޓިމީޑިޔާ އާއި ކޮމްޕިޔުޓަރތަކަށް ބޭނުންވާ ސޮފްޓްވެޔަރތައް އަޅައި، މައްސަލަޖެހޭތޯ ތަރުތީބުން ބަލަމުން ގެންދިއުމާއި އަބަދުވެސް މިތަންތަން ކްލާސްތައް ނެގޭގޮތަށް ބެހެއްޓުމާއި މައްސަލަޖެހޭތޯ ބަލާ، ޖެހޭ މައްސަލަތައް ހައްލުކުރުން. އަދި ސައުންޑް ސިސްޓަމް ބޭނުންވާ ތަންތަނުގައި ރަގަޅަށް ސިސްޓަމްތައް މަސައްކަތް ކުރޭތޯ ބަލާ، މައްސަލަ އުޅޭނަމަ ރަގަޅުކުރުން.
  • ޔުނިވަރސިޓީ އިން ޙަވާލުކުރެވޭ ގޮތެއްގެ މަތިން ނެޓްވަރކް މަސައްކަތްތައް ކުރުން. މިގޮތުން:
  • ނެޓްވަރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
  • ނެޓްވަރކް ބޭނުންވާނެ ތަންތަނަށް ނެޓްވަރކް އެޅުން.
  • ނެޓްވަރކް ސްވިޗެއް، ކޭބަލެއް ނުވަތަ ފޭސްޕްލޭޓް ސެޓްކުރުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުން.
  • ޔުނިވަރސިޓީއިން ޙަވާލުކުރާގޮތެއްގެ މަތިން ސަރވަރތައް އަޕްގްރޭޑްކުރުމާއި މެއިންޓެއިންކުރުން.
  • ފެކަލްޓީއަށް ބޭނުންވާ ހުރިހާ އޯޑިއޯވިޝުއަލްތަކެތި ބެލެހެއްޓުމާއި، ސެޓްކުރުން.
  • އޮފީހުން ހަމަޖައްސާ ގޮތުގެ މަތިން އިތުރުގަޑީގެ މަސައްކަތް ކުރުން.
  • އައި.ޓީ. އާއި ގުޅުންހުރި ތަކެތި ގަތުމުގައި ލަފާދިނުން.
  • އައި.ޓީ. އާއި ގުޅޭގޮތުން ފެކަލްޓީ/ޔުނިވަރސިޓީ އަށް ބޭނުންކުރެވޭނެ، ފައިދާހުރި ކަންތައްތައް ދެނެގަނެ އެކަންތައްތައް ކުރެވޭނެގޮތްތައް ހޯދައި އެކަންތައްތައްކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

 2023 މޭ 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2023-070

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް / ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

 

 

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 03 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
04 މޭ 2023