ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: HPSN-IL/2015/01
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 25 ޖަނަވަރީ 2015 10:00
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ވޯޓަރ ސަޕްލައި ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި މަރުކަޒުގެ ޒަރޫރީ ހުރިހާ ބޭނުންތަކަށް ބޭނުންވާ ވޯޓަރ ސަޕްލައި ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަންބަރު HPSN-IL/2014/04ފ(04 ޖަނަވަރީ 2015) އާ ގުޅިގެން ހުށާހަޅާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތުތައް ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަރުކަޒުގެ ޒަރުރީ ހުރިހާ ބޭނުންތަކަށް ބޭނުންވާ ވޯޓަރ ސަޕްލައި ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވަޑައިގަނެވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

28 ރަބީޢުލްއައްވަލް 1436

19 ޖަނަވަރީ 2015