މަސައްކަތް
ނަންބަރު: (IUL)300-EC/300/2015/1
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:51
ސުންގަޑި:
22 ޖަނަވަރީ 2015 14:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގެ ރަށްވެހިގޭގެ ކުރިމަތީގައި އޮތް ހުސްބިމުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް 29 އޮކްޓޫބަރު 2014 ގައި ކުރެވުނު އިޢުލާން ނަންބަރު IUL)300-EC/30/2014/300) އާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑުވުމުން އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް މާޅޮސްމަޑުލުއުތުރުބުރީ ރަސްގެތީމު ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
- މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 22 ޖަނަވަރީ 2015ވާ ބުރާސްފަތި ދުވަހުގެ 14:00ގައި މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.
ހ. "މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގެ ރަށްވެހިގޭގެ ކުރިމަތީގައި އޮތް ހުސްބިމުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"
ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު
- ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ.
20 ރަބީޢުލްއައްވަލް 1436
11 ޖަނަވަރީ 2015