މަސައްކަތް
ނަންބަރު: (IUL)335-AS/335/2023/57
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 14 މޭ 2023 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އުޅަނދުތަކަށް ޑީސަލް އަދި ޕެޓްރޯލް ސަޕްލައި ކޮށްދިނުމާއި ގުޅޭ

އިޢުލާން

 ކައުންސިލްގެ އުޅަނދުތަކަށް  ޑީސަލް އަދި ޕެޓްރޯލް ސަޕްލައިކޮށްދިނުމާއި ގުޅޭ

            ކައުންސިލް އުޅަނދުތަކަށް ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމުގެމަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

  • މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 14 މެއި 2023  ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

  •  މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މެއި 2023  ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މ ކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މޭ 2023