ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-A4/30/2023/102
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 11 މޭ 2023 13:30
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހެޗަރީ އެސިސްޓެންޓް

މިމިނިސްޓްރީއިން ކ.މަނިޔަފުށީގައި ކުރިއަށް ގެންދާ ފާނަ އާލާ ކުރުމުގެ މަސައްކަތައް ކުރުމަށް ތިރީގައިވާ މަގާމަށް މުވައްޒަފުން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:

ހެޗަރީ އެސިސްޓެންޓް

ގިންތި:

ކޮންޓްރެކްޓް (2 މަސް ދުވަސް)

ބޭނުންވާ ޢަދަދު:

2

ރޭންކް:

ޖީ.އެސް 3

މުސާރާ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

3. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

4. ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ

5. ރިސްކު އެކުލެވޭ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

6. ކޮއްތު ފައިސާ ކޮންމެ ދުވަހަކަށް -/120 ރުފިޔާ

7. ހާރޑްޝިޕް އެލަވަންސް  ކޮންމެ ދުވަހަކު -/20 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ކ.މަނިޔަފުށީގައި

މަޤާމުގެ ޝަރުތު:

 

1-      ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސި' ގްރޭޑް ލިބިފައިވުން. ނުވަތަ

2-      ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުމާއެކު، "ސެކަންޑަރީ ސަކޫލް" ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް   

 

  • ހެޗަރީއަށް ރަނގަޅު ފެންވަރުގެ ބްރޫޑްސްޓޮކް ހޯދުން.
  • ބިސް ނެގުމާއި، ސާރވޭ މަސައްކަތް ކުރުން.
  • ލައިވް ފީޑްކަލްޗަރ ކުރުން.
  • ހެޗަރީގެ ޑޭޓާ އެއްކުރުމާއި ރެކޯޑްތަޢް ބެލެހެއްޓުން.
  • ހެޗަރީގެ ސާމާނާއި ތަކެތީގެ ސްޓޮކް ބެލެހެއްޓުމުގައި އެހީތެރިވުން.
  • މޯލްޑިވްސް  މެރިން ރިސާރޗް އިންސްޓިޓިއުޓްގެ މުވައްޒަފުންނާއި ގްރޯ އައުޓް ފާމަރުންނަށް ސްޕޯނިންގ ލާރވޭ ރިއަރިންގ އަދި ގްރޯ- އައުޓް ޓްރެއިނިންގ ހެދުން.
  • ގްރޯ އައުޓް ފާމަރުންނަށް ސަޕޯޓާއި ފަންނީ ލަފާ ދިނުން.
  • ހެޗަރީ އިމާރާތުގެ ހާލަތު ގަވާޢިދުން ބަލައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އާއި ގުޅިގެން އެއްވެސް މަރާމާތެއް އަދި ބެލެހެއްޓުމަށް ބޭނުންވާ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ޓްރާންސްކްރިޕްޓް އާއިއެކު)
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 މެއި  11 ގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

 

04 މޭ 2023