ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2023/45
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2023
ޕަބްލިޝްކުރި ގަޑި: 23:59
ސުންގަޑި:
07 މޭ 2023 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ފުޓްސަލްދަނޑު މަރާމާތުކޮށް، ޓާރފް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައިކޮށް ނިންމައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު 2 އިޢުލާނު ( (ނަންބަރު: (IUL)286-MP/286/2023/41 އަދި (ނަންބަރު: (IUL)286-MP/286/2023/42 ) އާއި ޙަވާލާދީ ދަންނަވަމެވެ. މަސައްކަތުގެ ސްޕެސިފިކޭޝަނާއި ކުރެހުމަށް ގެންނަންޖެހޭ ބަދަލުތަކަކާއިގުޅިގެން، ބީލަން ހުށަހެޅުމުގެ ތާރީޚަށް ބަދަލުގެނެވުނުކަމުގައި ދަންނަވަމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވެ މަޢުލޫމާތު ސެޝަނަށް ޙާޟިރުވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ، މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުން މިދަންނަވާ ތާރީޚަށް ބަދަލުކުރެވިފައިވާކަމުގައި ދަންނަވަމެވެ.
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން
|
- ބީލަން ހުޅުވުން އޮންނާނީ 07 މެއި 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހެޅިފަރާތުގެ މަޢުލޫމާތާއި ޕްރޮޖެކްޓް ނަމާއި އިޢުލާނު ނަންބަރު ލިޔަންވާނެއެވެ.
- އީމެއިލް މެދުވެރިކޮށްވެސް ބީލަން ހުށަހެޅޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަންވާނެއެވެ. މެއިލް ކުރާނީ [email protected] އަށެވެ.
- ނަންނޯޓު ނުކުރާ ނުވަތަ ރެޖިސްޓްރޭޝަން ފުރިހަމަނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަން އަދި އީމެއިލްވެސް ބަލައެއް ނުގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑުތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،
- ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)
- އީމެއިލް: [email protected]
|
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
13 ޝައްވާލް 1444
03 މެއި 2023