ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)247-CA/247/2023/67
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2023
ޕަބްލިޝްކުރި ގަޑި: 21:53
ސުންގަޑި: 14 މޭ 2023 11:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގައި ތަރައްޤީކުރަމުންދާ ކުޑަކުދިންގެ ޕާކުގެ ވޯކްވޭއަށް ބޭނުންވާ 5000 ގައު ފޯރުކޮށްދިނުމުގެ މަސައްކަތް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

               ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ތަރައްޤީކުރަމުންދާ ކުޑަކުދިންގެ ޕާކުގެ ވޯކްވޭއަށް ބޭނުންވާ 5000 ގައު ބީލަން ފޮތުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

               މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

               މި ބީލަމުގައި ރަޖިސްޓްރީވުމަށް 2023 މެއި 03 ވަނަ ދުވަހުން ފެށިގެން 2023 މެއި 08 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުމަށް މެއިލް ކުރަންޖެހޭ މަޢުލޫމަތު

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

ވިޔަފާރި ރަޖިސްޓްރީ ނަންބަރު:

އީމެއިލް އެޑްރެސް:

ގުޅޭނެ މޮބައިލް ނަންބަރު:

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

               އަންދާސީހިސާބު ހުށަހަޅުއްވާނީ 2023 މެއި 14 ވާ އާދިއްތަ ދުވަހުގެ 11:00  ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލަށް ދުރުވެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބިޑްބަލައި ގަނެވޭނީ އެކަން ބަޔާންކޮށް ހާޟިރުވާ ފަރާތުގެ އައި،ޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވައިފައި ވާނަމައެވެ. ހުށަހަޅައި ބީލަންތައް ހުޅުވާނީ މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތު ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.

ބީލަން ފޮތުގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ކޯޕަރޭޓް އެފެއާޒް ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ހއ.ހޯރަފުށި، ދިވެހިރާއްޖެ

ބީލަމުގެ ނަން:  ހޯރަފުށީގައި ތަރައްޤީކުރަމުންދާ ކުޑަކުދިންގެ ޕާކުގެ ވޯކްވޭއަށް ބޭނުންވާ 5000 ގައު ފޯރުކޮށްދިނުމުގެ މަސައްކަތް

(IUL)247-CA/247/2023/67: އިޢުލާނު ނަންބަރު

ބީލަން ހުށަހަޅާ ތާރީޚް އަދި ސުންގަޑި

ހުށަހަޅާފަރާތުގެ ނަން، ސްޓޭމްޕް އަދި ގުޅޭނެ ފޯނު ނަންބަރު

13 ޝައްވާލު 1444

03 މޭ 2023