ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2023/231
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2023
ޕަބްލިޝްކުރި ގަޑި: 21:12
ސުންގަޑި: 10 މޭ 2023 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑްރައިވަރ

ޑްރައިވަރ
ހުޅުމާލެ އޮޕަރޭޝަންސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ

ތައުލީމީ ފެންވަރާއި ތަޖުރިބާ:
• B2, B1, C2, C1 އަދި B0 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސު އޮތުން.

މަޤާމުގެ މަސްއޫލިއްޔަތު:
ސުޕަވައިޒަރުގެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޝަނުގެ އެއްގަމު އުޅަނދުފަހަރުގެ ދަތުރުތައް ކުރުމާއި ޑްރައިވަރުގެ އެހެނިހެން ޒިންމާތައް އަދާކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ބަރާބަރަށް ގަޑިއަށް ހާޒިރުވުމާއިއެކު އެފަރާތަކާއި ދުއްވުމަށް ހަވާލުކުރެވޭ ވެހިކަލް ސުޕަވައިޒަރު އަންގާގޮތުގެ މަތިން ދުއްވުން.
- ކޮންމެ ދުވަހެއްގެ މަސައްކަތަށް ބޭނުންވާ ޓޫލްސްތަކާއި، މުވައްޒަފުން ކަނޑައަޅައި ދުވަހުގެ މަސައްކަތްތައް އުސޫލުތަކާއި އެއްގޮތަށް އިންތިޒާމުކޮށް ބެލެހެއްޓުން.
- ކޮންމެވެހިކަލެއްވެސް ދުއްވުމުގެ ކުރިން ވެހިކަލްގެ އިންޖީން ބަރާބަރަށް މަސައްކަތް ކުރޭތޯބެލުމާއި ވެހިކަލްގެ ތެޔޮ، ފެން، އަދި ފުރޮޅުތަކުގައި ވައި ހުރިތޯބަލައި، ބުރަކި އާއި ސިގްނަލްތައް މަސައްކަތް ކުރޭތޯބެލުން.
- މަސައްކަތުގެ ތެރޭގައި ވެހިކަލަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ލަސްނުކޮށް ސުޕަވައިޒަރަށް އަންގާ ހައްލުކުރުން.
- މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
- މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މުސާރަ: 12،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
...........................................................................................................................

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ އަދި ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ސީވީ

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 10 މެއި 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (https://jobs.urbanco.mv/)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

03 މޭ 2023