ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
އެސްޓީއޯ ލ.ފުނަދޫ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކުރުމާއި އާފްޓަރ ސޭލްސް ސާރވިސް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާނަށް (ADM/2015/3-ފ60) އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖަނަވަރީ 27 އަންގާރަ ދުވަހުގެ 11:00 އަށް މިކުންފުނީގެ ލ.ފުނަދޫ ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ފެބުރުވަރީ 05 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު އެފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ޚިދުމަތްތަކުގެ ތަފުސީލު ޕްރޮފައިލަކާއެކު އެ ފިހާރައަށް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯން: 3344180 ، 3344321
ފެކްސް: 3344633
އީމެއިލް: [email protected]
23 ރަބީޢުލްއައްވަލް 1436