ކުއްޔަށް ދިނުން
ނަންބަރު: (IUL)283-BF/283/2023/34
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި:
15 މޭ 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮބިން ކުއްޔަށް ދިނުމަށް ހުޅުވާލުން
މިއިދާރާގެ ނަންބަރ (IUL)283-PS/283/2023/10 (26 ޖެނުއަރީ 2023) އިޢުލާނާއިގުޅިގެން ޝައުގުވެރިކަން ފާޅުކުރެއްވި ފަރާތްތަށް މަދުކަމަށްފެންނާތީ ، އެ އިޢުލާނު ބާތިލުކޮށް ކައުންސިލުން ތެޔޮރައްކާކުރުމަށް ބޭނުންކުރަމުންދާ 80000 ލީޓަރގެ ތެޔޮތާނގީ އާއި އެކުގައިވާ ބިމާއިއެކު،އެންމެ ރަނގަޅު އަގެއް ހުށައަޅާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.
- ބިމުގެ ބޮޑުމިން : 3744 އަކަފޫޓު ( 72 ފޫޓު ، 52 ފޫޓު)
- ބިން އޮތްތަން : ޗަނބޭލީމަގުގެ ހުޅަނގު އުތުރުގައި، ބަދަރުން ފެށިގެން 170 ފޫޓުގައި
- ހުށައެޅޭ އެންމެ ކުޑައަގު : 15،000 ރުފިޔާ
- ހުށައެޅޭނެ އެންމެ ދިގު މުއްދަތު : 20 އަހަރުދުވަސް
- މުއްދަތަށް އިތުރުކުރެވިދާނެ ވަރު : އެއްވެސް މިންވަރެއް އިތުރު ނުކުރެވޭނެ
ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެނަމްބަރ 6540052 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މެއި 2023 ވާ ހޯމަ ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށައަޅާފޯމާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
03 މޭ 2023