ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)410-P/410/2023/29
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 15 މޭ 2023 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މި އިދާރާއަށް 350 KG ގެ ޕިކަޕެއް ގަނެދީ، އެ ޕިކަޕް މި ރަށު ( ގއ.ދާންދޫ ) ޖެޓީ އާއި ހަމަޔަސް ގެނެސް ދޭނެ  ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 މެއި 2023 ވަނަ ދުވަހު 14:00 ގެ ކުރިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް އެދެމެވެ. ރަޖިސްޓްރީ ވުމަށްޓަކައި އެކަން ބަޔާންކޮށް މިއިދާރާގެ ވައިބަރ ނަންބަރު 7330026 އަށް މެސެޖު ކޮށްދެއްވުން އެދެމެވެ.  

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

ރަޖިސްޓްރީ ވުމަށް

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

10 މެއި 2023

ބުދަ

13:00

އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަން

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

15 މެއި 2023

ހޯމަ

13:00

އަދި ބިޑް ހުށަހަޅާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތްތައް ކޯޓޭޝަންގައި ހިމަނަން ވާނެއެވެ.

#

އައިޓަމް

ބޭނުންވާ އަދަދު

ސްޕެސިފިކޭޝަން

1

350 KG pickup

1

ބްރޭންޑް

 

އުފެއްދި އަހަރު

 

އުޅަނދުގެ ކެޕޭސިޓީ (ކިތައް ޓަނުގެތޯ)

 

ހުންގާނު ކޮންފަރާތެއްގަ ކަން

 

އުޅަނދުގެ ހާލަތު(އައު އެއްޗެއްތޯ / ރީކޮންޑިޝަންތޯ)

 

އިންޖީނު ކެޕޭސިޓީ

 

ތެލުގެ ބާވަތް

 

އޮޓޯ / މެނުއަލް

 

އެއަރ ކޮންޑިޝަން ކޮށްފައިތޯ

 

ޕިކަޕްގެ ފޮށިގަނޑުގައި އެސް.އެސް. ފިލާއަޅާފައިތޯ

 

އިތުރަށް ބަލާނެ ކަންކަން

ރޯޑްވާރދީނަސް ހައްދާފަތޯ

 

އަހަރީ ފީ އަދި ރަޖިސްޓްރޭޝަން ހައްދައިފައިވޭތޯ

 

ލޯގަނޑު / ލައިޓްތައް އަދި ޑަބަލްކީ އޮވޭތޯ

 

ޕިކަޕްގެ ވޮރެންޓީ ޕީރިއަޑެއް ވާނަމަ އެކަން

 

ޕިކަޕްގެ ކުލަ ފޮޓޯ ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން

 

 

ވީމާ، މިޕިކަޕް އަމިއްލަ ހަރަދުގައި ދާންދޫ ޖެޓީއާއި ހަމަޔަށް ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މައުލޫމާތާއިއެކު ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ކޯޓޭޝަނުގައި ހުންނަންޖެހޭ މަޢުލޫމާތު:

1-      ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ / ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް،ފެކްސް ނަންބަރ )

2-      ޕިކަޕްގެ ސްޕެސިފިކޭޝަން.

3-      ޕިކަޕުގެ ކުލަ ފޮޓޯ.

4-      ތަކެތީގެ އަގު (ދިވެހި ރުފިޔާއިން)

5-      ފޯރުކޮށްދޭނެ މުއްދަތު.

6-      ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.

7-      މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.

 

މާކްސް ދެވޭގޮތުގެ ކްރައިޓީރިއާ:

  • އަގު %70
  • މަސައްކަތް ނިންމާ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން
  • ވޮރަންޓީ މުއްދަތު

 

ކޯޓޭޝަން ހުށަހެޅުމާއި ބަލައިގަތުން:

  • ކޯޓޭޝަން ހުށަހަޅުއްވާނީ މިއިދާރާއިން އޮންލައިންކޮށް ބައްވާ ބިޑް މީޓީންގަ އެވެ. ކޯޓޭޝަން ހުށަހަޅާނީ އެމީޓިންގައި މިއިދާރާއިން އަންގާ ގޮތެއްގެ މަތިންނެވެ. ރަޖިސްޓްރީ ވާ ފަރާތްތައް ހިމަނައިގެން މިއިދާރާއިން އިތުރު މައުލޫމާތު ފޯރުކޮށް ދިނުމަށްޓަކައި ވައިބާ ގްރޫޕެއް ހަދާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

03 މޭ 2023