މަސައްކަތް
ނަންބަރު: (IUL)434-A/1/2015/3
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 22 ޖަނަވަރީ 2015 09:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކޯސްތަކެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިއޭޖެންސީގެ ދަށުން ކ. ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންގެންދާ ފަރާތްތަކަށް އަމާޒުކޮށްގެން މިއެޖެންސީއިން ދީފައިވާ ތާވަލުގައިވާ މަޢުލޫމާތާ އެއްގޮތަށް ކޯސްތަކެއް (ބޭސިކް ވެލްޑިންގ ކޯސް އަދި ބޭސިކް ހައުސް ވަޔަރިންގ ކޯސް) އަމިއްލަ ތަކެތީގައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ އެއްއަހަރު ދުވަހުގެ މުއްދަތަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދީ ނިމުމުން، ކޯސް ހިންގުމަށް ހަމަޖެހިފައިވާ ސައިޓަށް ހަމަ އެދުވަހުގެ ހެނދުނު 9:30 ގައި މިއޭޖެންސީގެ ފެރީގައި ދިއުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން (އެން.ޑީ.އޭ އަދި ޑީ.ޓީ.އާރ.ސީ)

22.01.2015

ބުރާސްފަތި

9:00 (ހެނދުނު)

އަންދާސީހިސާބު ހުށަހެޅުއްވުން

26.01.2015

ހޯމަ

11:00 (ހެނދުނު)

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015