ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2023/062
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި:
10 މޭ 2023 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޕޭޝަލް މެޕިންއާއި ކްލައިމެޓް މޮޑެލިންގ އަށް ބޭނުންވާނެ ޕްރައިމަރީ ޑާޓާ
މިކައުންސިލާއި ޔުނިވަސިޓީ އޮފް ވެސްޓްމިންސްޓަރ ގެ ސްކޫލް އޮފް އާކިޓެކްޗަރ އެންޑް ސިޓީޒް ގެ ކްލައިމެޓް ކެޓަގްރަފިކްސް އާއި ގުޅިގެން ސްޕޭޝަލް މެޕިންއާއި ކްލައިމެޓް މޮޑެލިންގ އަށް ބޭނުންވާނެ ޕްރައިމަރީ ޑާޓާ އެއްކުރުމުގެ މަސައްކަތް 2023 މޭ 4 ން ފެށިގެން 2023 މޭ 10 އާއި ހަމައަށް މިރަށުގައި ކުރިއަށް ގެންދެވޭނެއެވެ.
މި ގޮތުން ޕްރައިމަރީ ޑާޓާގެ ގޮތުގައި ޑްރޯން ސާވޭކުރުމާއި، ވެށީގެ މައުލޫމާތާއި، ކޮލިޓޭޓިވް (ސިފަވީ) ކޮމިއުނިޓީ އިންޕްޓް އެއްކުރުން ކުރިއަށް ދާނެއެވެ.
ވިމާ، މަތީގައި މި ދެންނެވުނު މުއްދަތުގައި ޑްރޯން ސާވޭކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ޑްރޯން ބޭނުންކޮށްގެން ސާވޭކޮށް މައުލޫމާތު އެއްކުރުން ކުރިއަށް ގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
03 މޭ 2023