ދިވެހިރާއްޖެ
ހިންމަފުށީ ސްކޫލު
ކ.ހިންމަފުށި، ދިވެހިރާއްޖެ
ނަންބަރު:GS141/IUL/2023/05
އިޢުލާން
މި ސްކޫލުގައި ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާއި ގުޅޭ
މި ސްކޫލުގައި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ބޭފުޅުން 12 މެއި 2023 ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:00 އަށް ހިންމަފުށީ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަމުގައި ހިމެނޭ ތަކެތީގެ ލިސްޓާއި ނީލަން ކިޔުމުގެ އުޞޫލު މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ ޕޯޓަލް https://bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ދައްކާ ޚަލާޞް ކުރުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
3 މެއި 2023
13 ޝައްވާލް 1444