ޢާންމު މަޢުލޫމާތު
ނަންބަރު: N6C-A/2023/7
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:35
ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުން ކައިވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކައިވެނިކުރާ ތަންތަނުގައި ހުންނަންޖެހޭ ޝަރުޠުތައް ކަނޑައަޅާ އުޞޫލު

ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުން ކައިވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކައިވެނިކުރާ ތަންތަނުގައި ހުންނަންޖެހޭ ޝަރުޠުތައް ކަނޑައަޅާ އުޞޫލު

ތަޢާރަފު

1

.

(ހ)

މިއީ، ޤަވާޢިދު ނަންބަރު 2022/R-99 (ޢާއިލާއާބެހޭ ޤަވާޢިދު) ގެ 6 ވަނަ މާއްދާގެ (ށ) އާއި އެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުން އެކުލަވާފައިވާ އުޞޫލެކެވެ.

ނަން

 

(ށ)

މި އުޞޫލަށް ކިޔާނީ "ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުން ކައިވެނިކޮށްދޭ ގަޑިތަކާއި ކޯޓުން ބޭރުގައި ކައިވެނިކުރާ ތަންތަނުގައި ހުންނަންޖެހޭ ޝަރުޠުތައް ކަނޑައަޅާ އުޞޫލު" މިހެންނެވެ.

އުޞޫލުގެ މަޤުޞަދު

2.

 

މި އުޞޫލުގެ މަޤުޞަދަކީ، ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްދޭ ކައިވެނިތަކުގެ ތެރެއިން ކޯޓުގައި ކުރާ ކައިވެނިތަކާއި ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް ކޮށްދޭނޭ ގަޑިތަކަކީ ކޮބައިކަން ޚިދުމަތް ހޯދާ ފަރާތްތަކަށް ހާމަކޮށްދިނުމާއި، ކޯޓުން ބޭރުގައި ކައިވެނިކުރާނަމަ، ކައިވެނިކުރާ ތަނަކީ އެކަށީގެންވާފަދަ ތަނެއްތޯ ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރާނޭ ކަންކަމާއި، އެތަނަކީ އެކަށީގެންނުވާ ތަނެއްނަމަ ޢަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ.

ކޯޓުން ބޭރުގައި ކާވެނިކޮށްދޭ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް

3.

 

ކޯޓުން ބޭރުގައި ކައިވެނިކުރާ ތަނަކީ ކާވެނި މަޖްލިސް ބޭއްވުމަށް އެކަށިގެންވާ ތަނެއްކަމަށް މިކޯޓުން ރިޢާއަތް ކުރާނެ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އެތަނަކީ ކައިވެނީގެ މަޖްލީހަށް ކޮންމެހެން ޙާޟިރުވާންޖެހޭ ފަރާތްތަކާއި، ކޯޓުގެ ފަރާތުން ޙާޟިރުވާ މުވައްޒަފުން އިށީނދެ ތިބެވޭ ފަދަ ތަނަކަށްވުން

(ށ) އެތަނަކީ ކައިވެނީގެ މަޖްލީހުގައި ކޯޓުގެ ފަރާތުން ކުރަންޖެހޭ ލިޔެކިއުމުގެ މަސައްކަތް ކުރެވޭ ފަދަ މޭޒާއި، ގޮނޑި ހުރި ތަނަކަށްވުން.

(ނ) އެތަނަކީ ލިޔެކިއުމުގެ މަސައްކަތަށް އެކަށީގެންވާ އަލިކަން ލިބޭފަދަ ތަނަކަށްވުން.

 

 

ކައިވެނި ކޮށްދޭ ގަޑިތައް

4.

 

ކާވެނިކޮށްދޭ ތަނާއި ގަޑިތައް

ރަސްމީ ދުވަސްތަކުގައި ކާވެނިކޮށްދޭ ގަޑިތައް

ނު ރަސްމީ ދުވަސްތަކުގައި ކާވެނިކޮށްދޭ ގަޑިތައް

ކޯޓުގައި

10:00 – 13:00

16:30 – 21:30

ކޯޓުން ބޭރުގައި

16:30 – 21:30

 

 

 

 

 

އުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޚް

 

5.

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުޞޫލު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

މި އުޞޫލު މުރާޖަޢާކުރުން

6.

 

މި އުޞޫލަށް ބަދަލުގެނެސް އަދި މުރާޖަޢާކުރުމުގެ އިޚްތިޔާރު މި ކޯޓަށް ލިބިގެންވެއެވެ.

03 މޭ 2023