ނޫސްބަޔާން
ނަންބަރު: (PR)203-LAW/1/2023/11
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:45
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ވ. ހުޅިދޫގައި ދަނޑުވެރިކަން ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް އީ.އައި.އޭ އާ ޚިލާފަށް ކުރުމާ ގުޅިގެން ކުރެވޭ ޖޫރިމަނާ

މި އެޖެންސީން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) އާ ޚިލާފަށް މަޝްރޫޢުގެ މަސައްކަތްތަކެއް ކޮށްފައިވާކަން، މި އެޖެންސީން ކުރިޔަށް ގެންދިޔަ ވ. ހުޅިދޫގެ އީ.އައި.އޭ އިންސްޕެކްޝަން ދަތުރުންނާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުން މި އެޖެންސީއަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އިން ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު 2012/R-27 (ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު) ގެ ދަށުން 20,000.00ރ (ވިހި ހާސް) ދިވެހި ރުފިޔާއިން އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށް ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ މި އެޖެންސީއަށް ދައްކައި ޚަލާސްކުރުމަށާއި، ވ. ހުޅިދޫގައި ދަނޑުވެރިކަން ކުރުމުގެ މަޝްރޫޢާ ގުޅިގެން މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި ރަށުގެ ތިމާވެށީގެ މިހާރުގެ ހާލަތު އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް، ސަރުކާރު ބަންދުދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ހުށަހެޅުމަށާއި، މިހާރު ކުރެވިފައިވާ މަސައްކަތްތައް އީ.އައި.އޭ މޮނީޓަރިން ޕްލޭންގައި ހިމަނާ އަދި އިސްލާހުކޮށް، އައު މޮނީޓަރިންގ ޕްލޭން ހުށައަޅާނެ ކަމުގެ ލިޔުމެއް މި އޭޖެންސީ އަށް ހުށަހެޅުމަށް 26 އޭޕްރީލް 2023 ގައި އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަށް ދަންނަވާފައިވާނެއެވެ.

03 މޭ 2023