ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިއޮފީހަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ޑޭޓާ ސެންޓަރ ވަރޗުއަލައިޒޭޝަން ސޮފްޓްވެއަރ އެޅުމާއި ސެޓްއަޕް ކުރުން.
- ޗެކްޕޮއިންޓް ފަޔަރވޯލްގެ މޮނިޓަރިންގ އަދި އެންޓި-ބޮޓް ސޮފްޓްވެއަރ ބުލޭޑް ހޯދުމަށްފަހު މޮނިޓަރިންގ ސްޓޭޝަނެއް ޤާއިމުކުރުން.
- ސްޓޯރޭޖް އޭރިއާ ނެޓްވާރކެއް ޤާއިމުކުރުން.
- ކޮންޓެކްޓް ސެންޓަރެއް ޤާއިމުކުރުން.
މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
މަތީގައި ބަޔާންކުރެވިފައިވާ ކޮންމެ މަސައްކަތަކަށް ޕްރޮޕޯޒަލް ހުށަހަޅުއްވަންވާނީ ވަކިންނެވެ. މިމަސައްކަތްތަކާބެހޭ އިތުރު މަޢުލޫމާތު މިއޮފީހުގެ ވެބްސައިޓް ލިންކް www.pension.gov.mv/downloads/tor ގައި ޝާއިޢުކުރެވިފައިވާނެއެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، 26 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މިއޮފީހުގެ އީމެއިލް އެޑްރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3309908 (އެކްސްޓެންޝަން: 311)
ފެކްސް: 3307759
އީމެއިލް: [email protected]