ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2023/115
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2023
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 13 މޭ 2023 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" މާލެ ފެހި ފެއަރ 2023 " ގައި ސްޓޯލް ދޫކުރުމާއި

މިކައުންސިލްގެ ފަރާތުން " މާލެ ފެހި ފެއަރ 2023 " ގެނަމުގައި ގަސް ވިއްކުމުގެ ފެއަރ އެއް ބޭއްވުމަށް ހަމަޖައްސައިފީމެވެ. މި ފެއަރ އޮންނާނީ މި މެއި މަހުގެ 11 - 13 އަށް އާޓިފިޝަލް ބީޗްގައެވެ.

މި ފެއަރ ގައި ގަސް ވިއްކާ ފަރާތްތައް ބައިވެރިކުރުމުގެ ގޮތުން 15 މޭޒު ޢާއްމުކޮށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މޭޒެއްގެ އަގަކީ 3 ދުވަހަށް 1500 ރުފިޔާއެވެ. މި މޭޒުތައް ތައްޔާރުކުރުމާއި، އެތަނުން ބޭނުންވާ ކަރަންޓް ފޯރުކޮށްދޭނީ މިކައުންސިލްގެ ފަރާތުންނެވެ.

ވީމާ، މި ފެއަރ އިން މޭޒު ބޭނުންފުޅުވާ ފަރާތްތަކުން، https://forms.gle/r68TqtNcGjbcsENb7 ، މި ލިންކް މެދުވެރިކޮށް މި ކައުންސިލްގެ މާވެހި ޕޯޓަލް އިން މި މެއިމަހުގެ 10 ވަނަދުވަހުގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މޭޒު ދޫކުރާނީ އެދޭތަރުތީބުން 15 މޭޒު ހަމަވަންދެނެވެ. މިކަމާ ބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9990080 ނަމްބަރއަށެވެ. ނުވަތަ 1622 އަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

03 މޭ 2023